ދުނިޔެ

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގައި ދައުވާކުރަނީ

ދެކުނު ކޮެއާގެ ކުރީގެ ރައީސް، ޔޫން ސުކް ޔޯލް މަގާމުގައި ހުންނެވި ދުވަސްތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގައި، އޭނާގެ މައްދަށް ދައުވާކުރަން އެ ގައުމުގެ ޕްރޮސެކިއުޓަރުން ނިންމައިފި އެވެ.

ޔޫންގެ މައްޗަށް ދައުވާކުރަން ނިންމި ނަމަވެސް، އޭނާ ހައްޔަރެއް ނުކުރާނެ އެވެ. އޭނާ މިހާރުވެސް ހުންނެވީ ބޮޑެތި ކުށްތަކެއްގެ ކުށުގައި މަގާމުން ދުރުކޮށް އަދި ގައުމުން ބޭރަށް ވަޑައިނުގަނެވޭ ގޮތަށް ރަށު ބަންދުގަ އެވެ.

ދެކުނު ކޮރެއާގެ ގާނޫނާ ޚިލާފަށް ޑިސެމްބަރު 3، 2024 ގައި އަސްކަރީ ގާނޫން އިއުލާންކުރައްވައި، މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާންކުރެއްވުމަކީ، ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމެއް ކަމަށް ޔޫންގެ މައްޗަށް އުފުލާފައި އޮތް ދައުވާގައި ބުނެަފައިވެ އެވެ.

ކުއްލި ހާލަތު އިއުލާންކުަރެއްވުމަކީ ދެކުނު ކޮރެއާގެ އިދިކޮޅު ޕާޓީތަކުގެ ބާރު ކަނޑުވާލެއްވުމަށް ޔޫން ކުރެއްވި ކަމެއް ކަމަށްވެސް ސިޔާސީ ލީޑަރުން ވިދާޅުވެ އެވެ.

ގައުމުގައި ބަޣާވާތްކުރައްވަން އުޅުއްވުމާއި، ޚިޔާނާތުގެ މައްސަލަތަކެއް ހިންދާލެއްވުމަށް މަސައްކަތްކުރެއްވުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް އެބަ އޮތެވެ.

މަގާމުގައި ހުންނަވަނިކޮށް އިތުބާރު ނެތް ކަމަށް ދެކުނު ކޮރެއާގައި ތިން ރައީސެއްގެ މައްޗަށް ވަނީ ވޯޓު ނަގާފަ އެވެ. އެއީ ޔޫން ސުކް ޔޯލްގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުގައި މަގާމުން ދުރުކުރި ޕާކް ގުންހޭ އަދި އެ ގައުމުގެ ނުވަވަނަ ރައީސް، ރޮމޫ ޔަންގް އެވެ.

ދެކުނު ކޮރެއާގައި ރައިސަކު ހައްޔަރުކުރަން މީގެ ކުރިން ދުވަހަކު ވެސް ކޯޓު އަމުރެއް ނެރެފައެއް ނުވެ އެވެ. މިހެން ކަމުން ކޯޓުގެ އަމުރާ އެކު ޔޫން ސުކް ޔޯލް ވަނީ ތާރީޚް ތެރެއަށް ވަދެފަ އެވެ.