ދުނިޔެ

އިޒުރޭލު އަނދަނީ -- ކުއްލި ނުރައްކާ އާކޮށްފި

އިޒުރޭލުގައި އަލިފާން ރޯވެ ކޮންޓްރޯލުން ނައްޓާފައި ވަނީ މޫސުމީ ސަބަބުތަކާ ހެދި ކަމަށް ބުނެފި އެވެ. ބާރުގަދަ ވަޔާއި ގަދަ ހޫނުގެ ސަބަބުން ހުޅުގަނޑުގެ މިސްރާބު އެކިއިރު އެކިދިމާއަށް ބަދަލުވެ، އަލިފާނުގެ ގިނި ގަދަވަމުންދާ ކަމަށްވެސް އިޒުރޭލުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ހާދިސާއާ ގުޅިގެން އިޒްރޭލުން ކުރިން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު ތަކުރާރުކޮށް އަނެއްކާވެސް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް އާކޮށްފަ އެވެ.

ޔަހޫދީން ހިފާފައި އޮތް ފަލަސްތީންގެ ސަރަހައްދުތަކުން ޔަހޫދީ އާބާދީތައް، އަލިފާނާ ދުރަށް ގެންދިޔަ ނަމަވެސް، ގިނަ ބަޔަކަށް އަލިފާނުގެ ނުރައްކާ ފޯރާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ގުދުސްގެ ވަށައިގެންވާ ސަރަހައްދުތަކުން އަލިފާން ނިއްވުމުގައި 163 ޓީމަކުން ހަރަކާތްރެރިވަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. އަދި އަލިފާން ނިއްވަން ޚާއްސަ 12 މަތިންދާބޯޓަކުން ދަނީ ވައިތެރޭގައި ހަރަކާތްތެރިވަމުން ނެވެ. ވައިގެ ތެރެއިން އަލިފާންގަނޑަށް ކެމިކަލް ބުރުވާ ހެލިކޮޕްޓަރާއި އަލިފާން ނިއްވާ ޑްރޯންތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

ހުޅުގަނޑު ކޮންޓްރޯލްކުރުމަށް އިޒުރޭލުގެ ވެރިރަށް ތެލްއަވީވާއި ގުދުސްއާ ދެމެދު އޮންނަ މައި މަގު އާންމުންނަށް ބަންދުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

އަލިފާންގަނޑުގެ އަސަރު ފޯރާ ހިސާބުން މީހުން ދުރަށް ޖެހުމަށް ގޮވާލާފައި އޮތް ނަމަވެސް، ހޫނާއި ބޯ ދުމުގެ ސަބަބުން 18 މީހަކު ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށްފަ އެވެ. އަދި ފޭލިގެ ހޮސްޕިޓަލުތަކުގައި ފަރުވާދޭ މީހުން އަދަދު ނޭނގޭ ކަމަށްވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލިފާންގަނޑު ކޮންޓްރޯލްކުރުަމަށް އިޒުރޭލުން ވަނީ ބަައިނަލްއަގްވާނީ އެހީއަށް އެދިފަ އެވެ. އަދި އިޒުރޭލުގެ މި ގޮވާލުމަށް އިޓަލީ، ރޮމޭނިއާ، ސްޕޭން ފަރަންސޭިވިލާތް އަދި ކްރޮއޭޝިއާއިން ވަނީ އިޖާބަދީފަ އެވެ.

މި އަލިފާންގަނޑަކީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއް ކަމަށްވެސް އިޒުރޭލުގެ ސިޔާސީ ލީޑަރުން ތުހުމަތުކުރެ އެވެ. ބަޔަކު ދިން ހަމަލާއަކާ ނުލައި، އިޒުލޭގެ ވަލުތެރޭގައި ރޯވާނެ ސަބަބެއް ނެތް ކަމަށް ޔަހޫދީން ގަބޫލުކުރެ އެވެ.

ނަމަވެސް، އަލިފާންގަނޑު ކުރިން ރޯވި ބައެއް ތަންތަނުގައި އަލުން ހުޅުފިފައ ކުރިފަޅައި އަނދަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.