އިވޯވް އެކަޑެމީ

އިވޯވް އެކަޑެމީގެ ޖިމް އިންސްޓްރަކްޝަން ކޯހުގެ މޭ އިންޓޭކަށް ހުޅުވާލައިފި

އިވޯވް އެކަޑެމީގެ ޖިމް އިންސްޓްރަކްޝަން ކޯހުގެ މޭ އިންޓޭކަށް ހުޅުވާލައިފި އެވެ.

މިއީ ފިޓްނަސް ދާއިރާގައި ޕްރޮފެޝަނަލް ކެރިއަރެއް ބިނާކުރަން ބޭނުންވާ މީހުންނަށް އޮތް ރަނުގެ ފުރުސަތެކެވެ.

މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ސެޓްފިކެޓެއްގެ އިތުރުން ދާއިރާގެ މަގުބޫލު ޔޫކޭގެ ޓްރެއިނިން ފިޓްނަސް އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބޭނެ އެވެ.

ޔޫކޭގެ ޓްރެއިނިން ފިޓްނަސް އިންޓަނޭޝަނަލް ސެޓްފިކެޓް އެޕްރޫވްކުރާ ބޭރުގެ ބޮޑީތައް

  • ރެޖިސްޓާ އޮފް އެކްސަސައިޒް ޕްރޮފެޝަނަލްސް (ރެޕްސް)
  • ޗާޓަޑް އިންސްޓިޓިއުޓް ފޯ ދަ މެނޭޖްމަންޓް އޮފް ސްޕޯޓް އެންޑް ފިޒިކަލް އެކްޓިވިޓީ (ސިމްޕްސާ)
  • އެމެރިކަން ކޮލެޖް އޮފް ސްޕޯޓްސް މެޑިސިން (އޭސީއެސްއެމް)
  • އިންޓަނޭސަނަލް ސްޕޯޓްސް ސައިންސް އެސޯސިއޭސަން (އައިއެސްއެސްއޭ)

އެހެންކަމުން މިއީ ކެރިއާގައި ކުރިއަށް ދިއުމަށް އެޅޭ މުހިންމު ބިންގަލެކެވެ.

ކޯހުން ދަސްވާ ހުނަރުތައް ޖިމެއްގައި ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށާއި ޕާސަނަލް ޓްރެއިނިން ފަށަން ބޭނުންވާ މީހުންނަށްވެސް ބޭނުންކުރެވޭނެ އެވެ.

ޖުމްލަ ހަ މަސް ދުވަހުގެ މި ކޯހަކީ ތިއަރީ އަދި ޕްރެކްޓިކަލްއާއެކު ފޭސް-ޓު-ފޭސްކޮށް ކުރިއަށް ގެންދާ ކޯހެކެވެ.

ދާއިރާގައި ތަޖުރިބާކާރު ލެކްޗަރާއިން ކިޔަވައިދޭ މިކޯހުގެ ޕްރެކްޓިކަލް ކުރިއަށްދާނީ ޖާގަ ތަނަވަސް އަދި ވަސީލަތްތައް ހުރި އިވޯވް ޖިމްގެ އިތުރުން އެލެވޭޓް ޖިމްގަ އެވެ.

މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް ކޯހުގެ މުއްދަތުގައި އިވޯވް ޖިމް އެކްސެސް ވެސް ލިބޭނެ އެވެ.

އިވޯވް އެކަޑެމީގެ ވެބްސައިޓް މެދުވެރިކޮށް މި ކޯހަށް މިހާރު އޮންލައިންކޮށް އެޕްލައިކުރެވޭއިރު ލިމިޓެޑް ސްލޮޓް ހިމެނޭ މި ކޯހުން ފުރުސަތު ލިބޭނީ ފުރަތަމަ އެދޭ ދަރިވަރުންނަށެވެ.

ކޯހުގެ އޮރިއެންޓޭޝަން މޭ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ކޯސް ފަށާނީ ޖޫން 7 ވަނަ ދުވަހު އެވެ.

އަސާސީ ތައުލީމު ނުވަތަ ގްރޭޑް ހައެއް ނިންމާފައިވާ މީހުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ. ކޯހުގެ ކިޔެވުން އޮންނާނީ ހޮނިހިރު، އާދިއްތަ، އަންގާރަ އަދި ބުދަ ދުވަހު ހަވީރު 6:30 އިން ރޭގަނޑު 8:30 އަށެވެ.

މި ކޯހުގެ ފީ މަހުން މަހަށް ބަހާލައިގެން ދައްކާލުމުގެ ފުރުސަތުވެސް ލިބޭނެ އެވެ.

ކޯހުގެ އިތުރު މައުލޫމާތު އިވޯވް އެކަޑެމީގެ ވެބްސައިޓް އަދި 9466633 އަށް ގުޅުމުން ލިބޭނެ އެވެ.