އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ތައާރަފްކުރި ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަން ގެ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި އެވެ.
ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ފެށި މި ލަކީ ޑްރޯ ޕްރޮމޯޝަންގެ ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިއަކީ އަހުމަދު ސައްދާމް އެވެ.
މި ޕްރޮމޯޝަންގައި އުމްރާ ދަތުރު ލިބޭ 18 ނަސީބުވެރިންގެ އިތުރުން މި ޕްރޮމޯޝަންގެ އެންމެ އަގު ހުރި އިނާމު ކަމުގައިވާ ހައްޖު ދަތުރުގެ ނަސީބުވެރިޔާ ހޮވާނެ އެވެ. ހައްޖު ދަތުރު ލިބޭ ފަރާތަށް ލިބެނީ ދެ މީހުންގެ ހައްޖު ދަތުރެކެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭނެ.
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރު ދިނުމަށް ވަނީ ހަމަޖެހިފަ.
- މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރު.
އުރީދޫ ކަސްޓަމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަނެޓް ކަސްޓަމަރުން މި ލަކީޑްރޯއަށް ޝަރުތު ހަމަވާނެ ކަމަށްވެސް އުރީދޫ އިން ބުނެފައިވެ އެވެ.
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ލޮބުވެތި ކަސްޓަމަރުންނާއި، ހިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެކެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.