އެމް-ފައިސާ އާއި މަނީގްރާމް ގުޅިގެން ދުނިޔޭގެ ކޮންމެ ގައުމަކަށްވެސް އިތުރު ފީ އަކާ ނުލާ ފައިސާ ފޮނުވޭ ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
އުރީދޫ އިން ބުނި ގޮތުގައި މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މި އޮފާ ގެ ދަށުން އިތުރު ޗާޖަކާ ނުލައި 200 އަށް ވުރެ ގިނަ ގައުމަށް ފައިސާ ފޮނުވޭނެ އެވެ.
އެ ގޮތުން ބޭރު ގައުމުތަކުގައި ތިބި އާއިލާ އާއި ރައްޓެހިންނަށް އެހީ ފޯރުކޮށްދިނުމަށް ވިޔަސް ނުވަތަ ބިސްނަސް ޕާޓްނަރުންނަށް ފޮނުވަން ޖެހޭ ފައިސާ ކަމުގައި ވިޔަސް އިތުބާރާއި އެކު ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.
މި ޕްރޮމޯޝަންގެ ސަބަބުން އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކަށް ފޮނުވަންޖެހޭ ޕޭމަންޓްތައް ފަސޭހަވެ އަގުހެޔޮ ވެގެންދާނެ އެވެ.
އެމް-ފައިސާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާނީ ކިހިނެއް؟
- ކޭޝް-އިން: އެންމެ ކައިރީގައި ހުންނަ އެމް-ފައިސާ އެޖެންޓަށް ޒިޔާރަތްކޮށް ޑޮލަރުން ފައިސާ ޖަމާކޮށްގެން.
- ޓްރާންސްފާ: އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ ގެ ހިދުމަތް ހިޔާރުކުރުމަށްފަހު "SEND MONEY" ހިޔާރުކޮށް ފައިސާ ގެ އަދަދު ޖެއްސެވުމަށްފަހު ޕޭއައުޓް މެތަޑް ހިޔާރުކޮށްގެން.
އުރީދޫ އިން ބުނި ގޮތުގައި އެޕް މެދުވެރިކޮށް ޓްރާންސެކްޝަން ސްޓޭޓަސް ފަސޭހައިން މޮނިޓާ ކުރެވޭނެ އެވެ.
ގޯލްޑް ވޮލެޓްގައި ދުވާލަކު 10،000 ޑޮލަރާ ހަމައަށް ގިނަވެގެން ފަސް ޓްރާންސެކްޝަން ޓްރާންސްފާ ކުރެވޭއިރު ސިލްވާ ވޮލެޓްގައި ދުވާލަކު 3،000 ޑޮލަރާ ހަމައަށް ގިނަވެގެން 10 ޓްރާންސެކްޝަން ޓްރާންސްފާ ކުރެވޭނެ އެވެ.
އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފާ ހިދުމަތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދޭ މަނީގްރާމް އާއި ގުޅިގެން ދެވޭ ހިދުމަތެކެވެ. މި ޕާޓްނާޝިޕާއެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުށް، ދުނިޔޭގެ އެކި ހިސާބުތަކަށް ފަސޭހަ ކަމާއެކު ފައިސާ ފޮނުވުމުގެ މަގު ވަނީ ފަހިވެފަ އެވެ. މި ތައާރަފް ކުރެވުނު އޮފާއާއެކު ރާއްޖެއިން ބޭރަށް އަގުހެޔޮކޮށް ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ އެވެ.