ފެނުއަޑީގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަންއާއެކު އުރީދޫ މޯލްޑިވްސް އިން ވޯލްޑް ރިކޯޑެއް ހާސިލުކޮށްފި އެވެ.
އުރީދޫ މޯލްޑިވްސް އިން މި ރެކޯޑް ހެދީ އިއްޔެ ބ. އަތޮޅު ފުޅަދޫގަ އެވެ.
އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މި ކާމިޔާބީން ދައްކުވައިދެނީ އެ ކުންފުނިން އީޖާދީ މަސައްކަތްތަކަށް އިސްކަންދޭ މިންވަރުގެ އިތުރުން ފެނު އަޑީގައި ވިޔަސް ފޯރުކޮށްދޭ ހިދުމަތުގެ ރަނގަޅުކަމެވެ.
މި ޕެނަލް ޑިސްކަޝަން ދުނިޔޭގެ ރެކޯޑަކަށްވުމާއެކު އެކަމުގެ ރަސްމީ ލިޔުން ވަނީ އުރީދޫ މޯލްޑިވްސްއާ ހަވާލުކޮށްފަ އެވެ.
މި ލިޔުމާ އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަވާލުވީ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ.

މި ކާމިޔާބީއާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ކާމިޔާބީއަކީ ގުދުރަތީ ރީތިކަމާއި އީޖާދީ މަސައްކަތާ ގުޅުވައިދިން ކަމެއް ކަމަށެވެ.
މި މަސައްކަތުގެ ބޭނުމަކީ ހަމައެކަނި ރެކޯޑެއް ހާސިލުކުރުން ނޫން ކަމަށާއި މިއީ ޓެކްނޮލޮޖީ އާއި ކަމަކަށް އޮންނަ ޝައުގާއި އަމާޒު އެއްކޮށްލުމުން ހޯދޭނެ ކާމިޔާބީ ދައްކުވައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.