އެސްޓީއޯ

އެސްޓީއޯގެ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯގެ "ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސަބްސިޑަރީއެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ހިޓާޗީ އެއާ ކޮންޑިޝަންތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

ޕްރޮމޯޝަންގައި 1،000 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 30،000 ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނު ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނަނާތަކަކީ ހަކަތެރި އެނާޖީ ލޭބަލް ލިބިފައިވާ، ތިމާވެއްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުންތަކެކެވެ.