މޫސުން

ދެކުނަށް މޫސުން ގޯސް

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ -- މެޓް އޮފީހުން ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 9:40 އާއި ހަމައަށެވެ.

އެ ލާޓްގެ ވަގުތުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިދުވަސްވަރު މޫސުން ގޯހެވެ.