ކްރޮސްރޯޑްސް މޯލްޑިވްސްއިން، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން އެކި ކަހަލަ ހިދުމަތްތަކާއި ފަރުވާ ހޯދާ ކުދިންނަށް އުފާވެރި އަދި މަޖާކުރަނިވި ހަވީރެއް ބާއްވާއިފި އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އުފެއްދީ ޖެނުއަރީ 21، 2010 ގައެވެ. ރާއްޖޭގައި އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަ ހުންނަ ކުދިންނަށް ތައުލީމު އަދި ފަރުވާ ފޯރުކޮށްދިނުމަށް އެންމެ ގިނަ މަސައްކަތްތަކެއް ކުރާ އެއް ޖަމިއްޔާ އަކީވެސް އެމްއޭއޭ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގެ ވެރިން ވަނީ އެ ތަނުން ހިދުމަތް ހޯދާ ކުދިންނާއި، އެކުދިންގެ ލޯބިވާ މައިންބަފައިންނާއި މުދައްރިސުން ކްރޮސްރޯޑްސް އަށް ދިއުމުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. \
މިއީ ހާއްސަކޮށް ތަފާތު ވިސްނުންތައް ފާހަގަކޮށް، އެކުވެރިކަން އާލާކޮށް، ހަނދާނުގައި ދެމިހުންނާނެ ތަޖުރިބާތަކެއް ހޯދައިދިނުމަށް ރޭވުނު ހަރަކާތެކެވެ. މިހަރަކާތް ފެށުނީ މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަށް ކުރި ޒިޔާރަތުންނެވެ.
މިޒިޔާރަތުގައި ރާއްޖޭގެ ސަގާފަތާއި، ތާރީހާއި، ކަނޑުގެ ދިރުންތަކާއި އަދި މިހާރު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކާ ބެހޭ މައުލޫމާތު ދެވުނެވެ. އޭގެފަހުން އެ ކުދިން ދިޔައީ ކްރޮސްރޯޑްސް މާކީއަށެވެ. އެ ތަނަކީ ކަނޑުގެ މަންޒަރުތައް ފެންނަ ބޭރުގެ ހަފްލާތައް ބާއްވާ ތަނެކެވެ. މިތަނުގައި ޝައުގުވެރި އެތައް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާތީ އަގުހުރި އެތައް ވަގުތުތަކެއް އެ ކުދިން އެތަނުގައި ހޭދަކުރި އެވެ. އެ ވަގުތުކޮޅު ވެގެންދިޔައީ މުޖުތަމައުގެ އެކުވެރިކަމާއި އޯގާތެރިކަމާއި އެއްބާރުލުން ދައްކުވައިދިން މިސާލެއް ފަދަ ވަގުތުކޮޅަކަށެވެ.
ގްރީން ގްލޯބް މެންބަރުންގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސްއިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީއަށް އިސްކަންދެ އެވެ. އެގޮތުން އެކި ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ އުސޫލުތައް އާންމުކޮށް، މުޖުތަމައުއާ ގުޅުން ބަދަހިކުރަން މަސައްކަތްކުރެ އެވެ. ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސައީ ލަގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ފަދަ ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކުގެ ހިންގުމުގައި ދުވަހުން ދުވަހަށް އަދި އަހަރުން އަހަރަށް ދެމެހެއްޓެނިވި އުސޫލުތައްވެސް ހިމަނަ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އަކީ ގިނަ ރަށްތަކެއް އެކުލެވޭ، އެއްކޮށްލެވިފައިވާ މުނިފޫހިފިލުވުމުގެ މަންޒިލެކެވެ. މިތަނުގައި މަތީ ފެންވަރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާއިރު ފުރިހަމަ ޗުއްޓީއެއް ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ލިބެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި މާލެއިން ފުރައިގެން އެންމެ 15 މިނެޓް ތެރޭގައި ދެވޭހާ ދުރުމިނުގައި އޮންނަ މި ރިސޯޓުގައި، އާންމު "އެއްރަށް، އެއްރިސޯޓު"ގެ ތަޖުރިބާއިން ދުރަށްގޮސް، ފުރިހަމައަށް އެކުލެވިފައިވާ ދިރިއުޅުމުގެ ވައްޓަފާޅީގެ މަންޒިލަކަށް ވަނުމުގެ ފުރުސަތު ލިބެ އެވެ.