ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްކޫލަކަށް ކިޔަވަން ދިޔަ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ
ފުލުހުން ބުނީ ގެއްލިގެން ހޯދަނީ އުމުރުން 15 އަހަރުގެ އަނެހެން ކުއްޖެއް ކަމަށެވެ.
ކުއްޖާ ގެއްލިގެން އެ މައްސަލަ ހުށަހެޅުމާ އެކު އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.
ހިޔާ ޓަވަރު އަށަކުން ނިކުމެގެން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
"މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނީ ފުލުހުންނާއި އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލް ގުޅިގެން،" ފުލުހުން ބުންޏެވެ.