ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސްކޫލަކަށް ކިޔަވަން ދިޔަ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ އުމުރުން 15 އަހަރުގެ އަނެހެން ކުއްޖެކެވެ.
ކުއްޖާ ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.
ފުލުހުން ބުނީ ހިޔާ ޓަވަރު އަށަކުން ނިކުމެގެން ސްކޫލަށް ދިޔަ މި ކުއްޖާ ސްކޫލަށް ނުވަންނާތީ ކުއްޖާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަަވަހިން މިއަދު މެންދުރު 12:18 ހާއިރު ކަމަށެވެ.
ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މައްސަލައިގެ ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިމައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތު ކުރެވި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް ފުލުހުން ނުބުނެ އެވެ.