ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ އަސްކަރީ މަނަވަރެއް ރާއްޖެ އަތުވެއްޖެ

އިންޑިއާގެ އަސްކަރީ މަނަވަރެއް ކަމަށްވާ "އައިއޯއެސް ސާގަރު" ރާއްޖެ އަތުވެއްޖެ އެވެ.

މި މަނަވަރު ރާއްޖެ އައިސްފައިވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާގެ ނޭވީން ކުރިއަށް ގެންދާ އަސްކަރީ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

މި މަނަވަރުގައި އިންޑިއާ ނޫން އެހެން ގައުމުތަކުގެ އަސްކަރީ އޮފިސަރުން ހިމެނޭ ކަމަށްވެ އެވެ.

މީގެތެރޭގައި ސްރީލަންކާ، މޮޒަމްބިކް، މޮރިޝަސް، ކޮމޮރޮސްއާއި، ސީޝެލްސް، ކެންޔާ، ޓެންޒޭނިއާގެ އިތުރުން ރާއްޖެވެސް ހިމެނެ އެވެ.

އަސްކަރީ ތަމްރީންތަކުގެ އިތުރުން ގައުމުތަކުގެ އިގްތިސާދީ ހާއްސަ ސަރަހައްދު ބެލެހެއްޓުމުގެ އަމަލުކުރަންވީ ގޮތްތަކެއްވެސް މި ތަމްރީމްތަކުގައި ކިޔައިދޭނެ ކަމަށްވެ އެވެ.