ދުނިޔެ

ޔަމަނުގެ ވެރިރަށް ސަންއާ އެއާޕޯޓަށް އިޒުރޭލުން އަނެއްކާވެސް ހަމަލާދީފި

އީރާންގެ މަދަދާ އެކު ޔަމަނުގައި ހަރަކާތްތެރިވާ ހުސީ ހަނގުރާމަވެރިން ފައްސާލުމަށް ކަމަށް ބުނެ އެމެރިކާއާ އިޒުރޭލުން ދެމުންދާ ހަމަލާތަކުގައި، އިޒުރޭލުގެ ދިފާއީ ބާރުތަކުން ސަންއާ އެއާޕޯޓަށް ބޮންއަޅައިފި އެވެ.

ޔަހޫދީ ދައުލަތުން އެކްސްގައި ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުން އެއާޕޯޓަށް ދިން ހަމަލާ އަމާޒުކުރީ، ސަންއާ އެއާޕޯޓު ގޯތިތެރޭގައި ހޫސިން ގާއިމުކޮށްފައި ހުރި ބިނާއަކަށެވެ.

އިޒުރޭލުން ބުނާ ގޮތުން ހަމަލާގެ ސަބަބުން މުޅި އެއާޕޯޓު ވަނީ ޚިދުމަތް މެދުކެނޑިފަ އެވެ. އަދި ހޫސީންގެ ބާރުވެރިކަން ހުއްޓުވާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަންއާ އެއާޕޯޓަކީ ހޫސީން ޓެރަރިސްޓު ހަރަކާތްތައް ހިންގަން ބޭނުންކުރާ މަރުކަޒެއް ކަމަށްވެސް އިޒުރޭލުން ވަނީ ބުނެފަ އެވެ.

ސެޓެލައިޓް މަންޒަރުތައް ދައްކާ ގޮތުގައި، ހުސީ ހަނގުރާމަވެރިން ވަރަށް ގިނައިން އެއާޕޯޓު އިމާރާތަށް ވަދެ، ނިކު ހަދަ އެވެ. އަދި އެއާޕޯޓު ސަރަހައްދުގައި ހޫސީންގެ ހަތިޔާރު ގުދަންތައް ހުންނަ ކަމަށް ވެސް އިޒުރޭލުން ބުނެ އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި އާންމުންނަށް ގެއްލުން ވަރަށް ކުޑަވާނެ ކަމަށް ޔަހޫދީ ދައުލަތުން ބުނެ އެވެ. ސަންއާ އެއާޕޯޓަށް ހަމަލާދިނުމުގައި ބޭނުންކުރީ އެއްވެސް ކުށެއްނެތި އަމާޒަށް ވާސިކުވާ، ޒަމާނީ ހަތިޔާރު ކަމަށްވެސް އިޒުރޭލުން ބުންޏެވެ.