ޖޭއެސްސީ

ދީބާނާޒްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހައި ކޯޓުގެ ފަނޑިޔާރު ދީބާނާޒް ފަހުމީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީ އިން ބަލަނީ ޝަރީއަތެއް ނުހިންގައި ލަސްކޮށްފައިވާ ކަމަށް ބުނާ މައްސަލަ އެކެވެ.

މިމައްސަލައިގައި ޖޭއެސްސީ އިން އަދި އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ދީބާނާޒް އައްޔަންކުރީ އޮަސްޓް 9، 2022 ގައެވެ.

އޭގެ ކުރިން ދީބާނާޒް ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއެއްގެ ގޮތުގައެވެ. އޭނާއަކީ ކްރިމިނަލް ކޯޓަށް އައްޔަންކުރެވުނު ފުރަތަމަ އަންހެން ފަނޑިޔާރެވެ.

ދީބާނާޒް ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.