ހެންވޭރު ގެއަކުން ކުނި ވަސް ދުވާތީ ފުލުހުން އެ ތަނަށް ގޮސް ބެލިއިރު މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ހެންވޭރު ވައިލެޓް މަގުގައި ހުންނަ އެ ގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ފާހާނާއެއްގައި މަރުވެފައި އޮއްވާ ފެނުނީ ގ. ލަންކާ، އަބްދުﷲ މުފީދު (46 އ) އެވެ.
މިމައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ފުލުހުން ބަލަހައްޓަމުންދާ ރެކޯޑްތަކަށް ބަލާއިރު އަބްދުﷲ މުފީދަކީ 2015 ވަނަ އަހަރު މާލޭގައި މޭ ޑޭ ފާހަގަކުރި ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން ފުލުހަކަށް ހަމަލާދިގެން ހައްޔަރުކުރި މީހެކެވެ.
މާލޭގައި ގޮތް ނޭނގޭ ގޮތްގޮތަށް މީހުން މަރުވުން މިފަހަކަށްވެސް ވަނީ އިތުރުވެފަ އެވެ.