ފުލުހުންގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
މި ބަދަލުތަކުގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުގެ ނުވަ ބޭފުޅެއްގެ މަގާމަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ.
އެގޮތުން މިއަދުން ފެށިގެން ބަދަލު ގެނެސްފައިވަނީ އިކޮނިމިކް ކްރައިމް އިންވެސްޓިގޭޝަންސް އާއި، ޑްރަގް އެންފޯސްމަންޓާއި، ގޭންގް ކްރައިމް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންސް އާއި، ތިލަމާލެ ޕޮލިސް އާއި، ޓްރެފިކް ޕޮލިސްއާއި، ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ އިތުރުން ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވޮލަޕްމަންޓް އަދި ޕްރޮޓެކްޓިވް ސެކިއުރީ ހިމެނެ އެވެ.
މި ބަދަލުތަކާ ގުޅިގެން ހެޑް އޮފް އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު އައްޔަންކުރައްވާފައިވާއިރު ހެޑް އޮފް ޑްރަގް އެންފޯސްމަންޓްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު މުސްލިމް ވަނީ އައްޔަންކުރައްވާފަ އެވެ.
ހެޑް އޮފް ގޭންގް ކްރައިމް އިންވެސްޓިގޭޝަންގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހް، ހެޑް އޮފް ކައުންޓާ ނާކޮޓީކްސް އޮޕަރޭޝަންސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފާތިހް މުހައްމަދު ވަނީ އައްޔަންކުރައްވާފަ އެވެ.
ހެޑް އޮފް ތިލަމާލެ ޕޮލިސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު، ހެޑް އޮފް ޓްރެފިކް ޕޮލިސްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އިމްރާން އަދި ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޮންސްގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްހާގު އާދަމްފުޅު ވަނީ އައްޔަންކުރައްވާފަ އެވެ.
މީގެއިތުރުން ހެޑް އޮފް ކަސްޓޯޑިއަލް ސްޓޭންޑަޑްސް އެންޑް ޑިވޮލަޕްމަންޓްގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަހީމް އަދި ހެޑް އޮފް ޕްރޮޓެކްޓިވް ސެކިއުރިޓީގެ މަގާމަށް ކަނޑައަޅުއްވާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން އެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.