ބޯފެން ހުސްކުރި ފުޅިތަކެއްގައި ބަންދުކޮށްފައި ހުރި ބަނގުރާ އަރުވައިގެން ދުއްވާފައިވާ ދިޔަ ވޭނެއް ހުއްޓުވައި ދެ ބިދޭސީ އަކު ހައްޔަރުކޮށްފި އެވެ.
މައްސަލާގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ތަލަޕަތީ ޕުގަޒެންދީ (27 އ) އާއި ރާޖަގޯޕާލް ސެލްވަގަނަޕަތީ (47 އ) އެވެ.
ފުލުހުން ރޭގެ ވަގުތެއްގައި މި ދެ މީހުން ހުއްޓުވާފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މިދިލި މަގުން ދުއްވާފައި ދަނިކޮށެވެ.
އުޅަނދު ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެެއް ހުރި 500 އެމްއެލްގެ 40 ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ވަނީ އަތުލައިގެން ވޭނާއި އެ އުޅަނދުގައި ހުރި ބަނގުރާ ފުޅިތަކުގެ ފޮޓޯވެސް އާންމުކޮށްފަ އެވެ.
ބިދޭސީ ދެ މީހުން ދުއްވަމުން ދިޔަ އުޅަނދު މިހާރު ވަނީ ޓޯކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.