ޕްރައިވެޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނަރަލް އަހްމަދު ޔާމީން ސަސްޕެންޑްކޮށްފި އެވެ.
އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ސަސްޕެންޑް ކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް އައްޔަންކުރެވޭ މީހުންގެ ޝަރުތުތަކަށް ގެނައި ބަދަލަށް އޭނާ ދެކޮޅު ހަދާތީ ކަމަށް އެނގިފައިވެ އެވެ.
އުސޫލަށް ގެނައި ބަދަލާ ގުޅިގެން ކުންފުނިތަކުގެ އިސް މަގާމުތަކަށް ތައުލީމާއި ތަޖުރިބާގެ ގޮތުން ދަށް ފަންތީގެ މީހުންނަށް ހަމަޖެއްސުމުގެ ފުރުސަތު މިހާރު ލިބޭ ކަމަށްވެ އެވެ.
ޔާމީން ސަސްޕެންޑް ކުރީ މިދިޔަ ބުރާސްފަތި ދުވަހު 30 ދުވަހުގެ ނިޔަލަށް ކަމަށްވެސް އެނގިފައިވެ އެވެ.