މަޝްހޫރު ރިސޯޓްތަކެއް ހިންގަމުން ގެންދާ ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު -- މުހައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) މިރޭ އަވަހާރަވެއްޖެ އެވެ.
އައްޑޫ ސިޓީގެ ހުޅުދޫއަށް އުފަން ނަޒީރު އަވަހާރަވީ އާލަސްކަންފުޅަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ނަޒީރު އަވަހާރަވި އޭނާއަކީ ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ޓްރޭޑް އެމްބެސެޑަރެވެ.
ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.
ސަންލޭންޑް ކުންފުނިން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ހިމެނެނީ ކޮކޯ ޕާމް ދުނިކޮޅު، ކޮކޯ ޕާމް ބޮޑު ހިތި، ކޮކޯ ޕާމް ކުޑަ ހިތި
އަދި މަކުނޑު އައިލެންޑު ރިސޯޓެވެ.