ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ހިފްޒު ކްލާސްތަކުގައި 600 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވާން އެދިއްޖެ

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ހިފްޒު ކްލާސްތަކަށް ވަނުމަށް ހުޅުވާލި ފުރުސަތުގައި 600 ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ 600 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލި ނަމަވެސް ޖާގަ ހުރި ގޮތުން ފުރުސަތު ދެވޭނީ 200 ކުދިންނަށް ކަމަށެވެ.

"އިހުތިޔާރު ކުރެވިގެންދާނީ އެންމެ މޮޅު ދަރިވަރުން،" ޝަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއެއް އަތޮޅުތަކުގައި މޭ މަހު ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު ކުރިއަށްގެންދާ ރަށްތައް

  • ހއ. ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ރ. އުނގުފާރު
  • ބ. އޭދަފުށި
  • އއ. ފެރިދޫ
  • ދ. ކުޑަހުވަދޫ
  • ގދ ތިނަދޫ
  • ލ. ގަން
  • ސ. ހިތަދޫ

މީގެ އިތުރުން ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްތަކާއި އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒްގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ޝަހީމް މީގެ ކުރިން ވިދާޅުވި އެވެ.