އިންޑިއާ، ޕާކިސްތާން އަކީ ސަރަހައްދީ ހަމަޖެހުމަށް ވަރަށް މުހިންމު ދެ ގައުމު ކަމަށް ޗައިނާ ޚާރިޖީވުޒާރާގެ ތަރުޖަމާން ލިން ޖިއާން ވިދާޅުވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި އުދާސްވުމަކީ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހއްދަށް ފޯރާ ކަމެއް ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
ލިން ޖިއާން ވިދާޅުވި ގޮތުން ދެ ގައުމު މަސަލަސްވެފައި އޮތުމަކީ ދެ ގައުމަށް ވެސް މުހިންމެ ކަމަކަށް ވާން ޖެހޭނެ އެވެ. ތަހުޒީބީ ޒަމާނުގައި ހަތިޔާރުން ވާހަކަދެއްކުމަށް ވުރެ އިންސާނީ ރީތި ސިފަތައް ބޭނުންހިފުން އައުލާކަން ބޮޑު ކަމަށް -- ގްލޯބަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ތަރުޖަމާން ވިދާޅުވި އެވެ.
އިންޑިއާ، ޕާކިސްތާން ހަނގުރާމަ ހުއްޓާލައި، ސުލްހަވުމަށް މަސައްކަތްކުރުމަކީ ޗައިނާއަށް ވަކިން ބޮޑު އުފަލެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އިންޑިއާ އާއި ޕާކިސްތާންއާ ދެމެދު ނުތަނަވަސްކަން އުފެދި ހަނގުރާމައިގެ ސިފަތައް ޖެހުނީ އޭޕްރީލް 22 ގައި، އިންޑިއާއިން ބަލަހައްޓާ ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގާމްގައި ހަތިޔާރު އެޅި ބަޔަކު 26 މީހަކު މަރާލުމާ ގުޅިގެންނެވެ.
އިންޑިއާ ގަބޫލުކުރާ ގޮތުގައި ކަޝްމީރުގައި މީހުން މަރަށް ޕާކިސްތާނުން ހިތްވަރުދެ އެވެ. އަދި ޕާކިސްތާން ސަރުކާރުން ޓެރަރިސްޓުންނަށް ހޭދަކުރުމާއި އެޖެންޑާ ހަވާލުކުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ.
އިންޑިއާގެ މި ތުހުމަތަށް ފަހު އަސްކަރީ ހަމަލާތަކެއް -- މިސައިލް ހަމަލާތަކެއް ވަނީ ޕާކިސްތާނަށް ދީފަ އެވެ. އަދި ރައްދުގައި ޕާކިސްތާނުން ދުރު ރާސްތާ މިސައިލާއި، އުދުހިފައި ދާ ގޮތަށް ގޮސް ތަނެއްގައި ޖެހިގަނެ ގޮވާ ޒާތުގެ ޑްރޯނުން ވެސް ވަނީ އިންޑިއާއަށް ހަމަލާދީފަ އެވެ.