ކްރިމިނަލް ކޯޓް

ފަނޑިޔާރަކާ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ފަނޑިޔާރަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފަނޑިޔާރަކާ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގާސިމް ހަސަންފުޅު ކިޔާ އުމުރުން 49 އަހަރުގެ މީހެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފަ އެވެ.

ފަނޑިޔާރަކާ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މި މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި މި މީހާވަނީ ހަމަ މި ފަނޑިޔާރާ މީގެ ކުރިންވެސް މާރާމާރީ ހިންގާފަ އެވެ.