މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ދާންމަތިވެފައިވާ އިސްރަށްވެހިންނަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމް ފަށައިފި

ދާންމަތިވެފައިވާ އިސްރަށްވެހިންގެ އިޖްތިމާއީ ބޭނުންތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ "ބެޑްރިޑަން ޕްރޮގްރާމް" ފަށައިފި އެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފުތިތާހުކޮށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް އެވެ.

ބެޑްރިޑަން ޕްރޮގްރާމްގެ ދަށުން އިސްރަށްވެހިންނާއި ގާލް ގައިޑް ކުދިންނާއެކު އިސްރަށްވެހިންގެ ތެރެއިން ދާނުގައި ތިބޭ މީހުންގެ ގާތަށް ވަނީ ޒިޔާރަތްކޮށްފަ އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނި ގޮތުގައި އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ތެރެއިން ދާނުގައި ތިބޭ އިސްރަށްވެހިންނަށް ޒިޔާރަތްކުރަން ބޭނުންވާ ދަރުމަވެރިންގެ ޓީމެއް ނަގައިގެން ހާއްސަ ތަމްރީނު ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ދާންމަތިވެފައިވާ މީހުންގެ ގޭގެއަށް މަހަކު އެއްފަހަރު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ދާންމަތިވެފައިވާ މީހުންނާއި އެމީހުންގެ އާއިލާތަކަށް ލިބެންޖެހޭ އިޖްތިމާއީ އެހީތެރިކަން ދެނެގަނެވި ބޭނުންވާ އެހީތައް ފޯރުކޮށްދިނުމަށް މި ޕްރޮގްރާމްގެ ސަބަބުން މަގުފަހުވެގެންދާނެ އެވެ.