ގައުމީ ފުޓްބޯޅް ޓީމް

ސެމީގައި ރާއްޖެ ނުކުންނާނީ އިންޑިއާއާ ދެކޮޅަށް

އިންޑިއާގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި އިންޑިއާގެ ޒުވާން ޓީމާ ދިވެހި ޒުވާން ޓީމު ވާދަކުރަން ޖެހިއްޖެ އެވެ.

ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގަ ލިބުނީ ގުރޫޕުން ދެވަނައަށް ހޮވިގެންނެވެ.

ދިވެހި ޓީމު ގުރޫޕް ސްޓޭޖުގައި ބަންގްލަދޭޝްއާއި ބޫޓާނާ ބައްދަލުކޮށް ރަނގަޅު ކުޅުމެއް ދައްކާފައިވެ އެވެ.

ދެ މެޗުގައިވެސް 2-2 އިން އެއްވަރުކޮށް ރާއްޖެ ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދާފަ އެވެ.

އިންޑިއާގެ ޓީމާ ކުރިމަތިލާން ޖެހުނު ނަމަވެސް ދިވެހި ޒުވާން ޓީމު އަމާޒުހިފާފައިވަނީ ސީދާ މުބާރާތުގެ ޗެމްޕިއަން ކަމަށެވެ. މިދިޔަ އަހަރާ ހިލާފަށް، މިފަހަރު ގުރޫޕް ސްޓޭޖަށްވުރެ ޓީމުގެ އުއްމީދު ބޮޑެވެ.

ރާއްޖެ ސެމީ ފައިނަލްގައި އިންޑިއާއާ ކުރިމަތިލާއިރު، ގުރޫޕުގެ އެއްވަނަ ހޯދި ބަންގްލަދޭޝް ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ނަވާރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.