ސްޓެލްކޯ

ސްޓެލްކޯ އިން ހިންމަފުއްޓަށް އާ ޖަނަރޭޓަރެއް ފޮނުވައިފި

ކ. ހިންމަފުށީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން އެ ރަށަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި އެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި ހިންމަފުށީގެ ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ފޮނުވީ 500 ކިލޮވޮޓްގެ އާ ޖަނަރޭޓަރު ސެޓެކެވެ.

މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ މި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ޖެނެރޭޝަން ކެޕޭސިޓީ ވަނީ 2414 ކިލޮވޮޓަށް އިތުރުކުރެވިފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ވަނީ ކާށިދޫއަށްވެސް އާ ޖަނަރޭޓަރު ސެޓެއް ފޮނުވާ އެ ރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފަ އެވެ.