ކްރޫޒް ސިޕްއަކުން 2،000 އަށްވުރެ ގިނަ ފަތުރުވެރިން އިއްޔެ ރާއްޖެ އައިސްފި އެވެ.
"އެމްއެސް އައިޑާ ސްޓެލާ" ނަމަކަށް ކިޔާ މި ކްރޫޒްޝިޕް އިން 2،022 ފަސިންޖަރުންނާއި 628 ކްރޫއިން ރާއްޖެ އައިސްފައިވެ އެވެ.
ކަސްޓަމްސް އާއި އިމިގްރޭޝަން އިން ވަނީ މި ކްރޫޒްލައިނާއިން ރާއްޖެ އައި ފަތުރުވެރިންނާއި ކްރޫއިންނަށް ކްލިއަރެންސް ދީފަ އެވެ.
މި ކްރޫޒް ޝިޕް ރާއްޖެ އައިސްފައިވަނީ ލަންކާގެ ކޮލަމްބޯ އިންނެވެ. މިއީ މިއަހަރު ރާއްޖެއަށް އައި 10ވަނަ ކްރޫޒްލައިނާ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 897،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.