ސިނަމާލޭ ބްރިޖުގައި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުންދާތީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނާ ސުވާލުކުރަން ހުށަހަޅައިފި އެވެ.
އިހްސާނާ ސުވާލުކުރަން ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެފަދަ އެކްސިޑެންޓްތަކުގައި ބައެއް މީހުންގެ ފުރާނަވެސް ގެއްލިފައިވެ އެވެ.
ބްރިޖާއި ހައިވޭގައި ހުއްދަ ނުކުރާ ސްޕީޑްގައި ދުއްވުމާއި މަގުމަތީގެ ގަވައިދުތަކާއި އުސޫލަށް ހިލާފަށް އަމަލުކުރުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެކްސިޑެންޓްތައް ހިނގުން މަދުކުރުމަށްޓަކައި އެ ސަރަހައްދުގައި ފުލުހުން ބައިތިއްބައިގެން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުފެނެ އެވެ.