ޑރ. މަރްޔަމް މާރިޔާ

1.2 ބިލިއަން ކަމަށް ބުނެވުނީ އޮޅުމަކުން، ރަނގަޅު ގޮތަކީ 1.2 މިލިއަން: މާރިޔާ

ބުޅާ ފެސިލިޓީގެ ނޮން-ރިކަރެންޓް ހަރަދަށް 1.2 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްޒަތްތެރި މެންބަރަކު ކުރެއްވި ސުވާލުގެ ޖަވާބުގައި ބުޅާ ފެސިލިޓީގެ ނޮން-ރިކަރަންޓް ހަރަދަށް 1.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ފަހުން ވަނީ އެހެން ދެންނެވުނީ އޮޅުމަކުން ކަމަށާއި ރަނގަޅު ގޮތަކީ 1.2 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފަ އެވެ.

ފެސިލިޓީގައި 2،000 ބުޅާ ގެންގުޅޭނަމަ މަހަކު ހަތްލައްކަ ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އަހަރަކު 10.8 މިލިއަން ރުފިޔާ ހަރަދުވާނެވެސް މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެ ކަމަށާއި ފެސިލިޓީގެ ޖުމުލަ ބަޖެޓުން ބުޅަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެ ކަމަށެވެ.