ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 901،210 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 833،448 ފަތުރުވެރިންނަށްވުރެ 67،762 ފަތުރުވެރިން -- 8.1 ޕަސެންޓް އިތުރުވުމެކެވެ.
ފާއިތުވި 2024 ވަނަ އަހަރު ނުވަ ލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ އެ އަހަރުގެ ޖޫން މަހު އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 103،072 ފަތުރުވެރިން
- ރަޝިއާ - 97،123 ފަތުރުވެރިން
- އިނގިރޭސިވިލާތް - 93،043 ފަތުރުވެރިން
- އިޓަލީ - 79،557 ފަތުރުވެރިން
- ޖަރުމަނު - 69،238 ފަތުރުވެރިން
- އިންޑިއާ - 48،471 ފަތުރުވެރިން
- ފްރާންސް - 33،169 ފަތުރުވެރިން
- އެމެރިކާ - 28،310 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 21،226 ފަތުރުވެރިން
- ޕޮލެންޑް - 16،151 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެވަރެޖްކޮށް ދުވާލަކު 6،725 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69 ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. 22 ޕަސެންޓް ފަތުރުވެރިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރިއިރު ސަފާރީތަކުގައި ފަސް ޕަސެންޓް އަދި ހޮޓާތަކުގައި ހަތަރު ޕަސެންޓް ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.