ރަޝިޔާ

ތުރުކީގައި ކުރިއަށް ދިޔަ ރަޝިއާ-ޔުކްރެއިން މަޝްވަރާތައް ކޮޅެއްގައި ނުޖެހުނު

ތުރުކީގައި ކުރިއަށް ދިޔަ ރަޝިއާ-ޔުކްރެއިން މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ އެވެ.

ޔުކްރެއިން މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތުރުކީގެ ވެރިރަށް އިސްތަންބުލްގައި ކުރިއށް ދިޔަ މަޝްވަރާތަކުގައި ރަޝިއާގެ ވަފުދުން ވަނީ ޔުކްރެއިންގެ ސިފައިން ހަތަރު ސަރަޙައްދަކުން މުޅިން ފޭބުމަށް އެދިފަ އެވެ.

ރަޝިއާގެ އެ ހުށަހެޅުމަށް ޔުކްރެއިން އިންކާރުކުރުމާއެކު ރަޝިއާގެ ވަފުދުން ވަނީ މަޝްވަރާތަކުން ނުކުމެގޮސް، ދެން ބައްދަލުވާއިރު ދެން ހުށަހަޅާނީ ފަސް ސަރަހައްދެއް ދޫކޮށްލުމަށް ކަމަށް ބުނެ އިންޒާރު ދީފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް ނުވެއްޖެނަމަ ރަޝިއާ އިން އިތުރު ހަމަލާތައް ދޭން ފަށާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ރަޝިއާއިން ސުމީ ސަރަހައްދަށް ވެސް އަރައިގަނެ ހަމަލާދީ، ބަފަ ޒޯނެއް ގާއިމުކުރާނެކަމުގެ އިންޒާރު ރަޝިއާ އިން ދެއެވެ.

މަޝްވަރާތައް ފެއިލްވުމާ ގުޅިގެން އަވަސް މުސްތަގުބަލެއްގައި ރަޝިއާއާއި ޔޫކުރެއިންއާ ދެމެދު ކުރެވެމުންދާ ހަނގުރާމަ ހުއްޓާލާނެކަމުގެ އުއްމީދު ކުޑަވެއްޖެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.