މޯލްޑިވްސް ޕޮލިސް ސާވިސް

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެގެ ވަގުތެއްގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި ވިޔަފާރިކޮށް، ބޭނުންކުރާކަމަށް ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަަށް ފުލުުހުންގެ އިދާރާ އިން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މައްޗަންގޮޅި ގެއަކާއި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި ކަމަށެވެ. ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 7،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި މަސްތުވާތަކެތި ކަމަަށް ތުހުމަތުކުރެވޭ ތަކެތި ފެނުނު ކަމަށެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1058.55 ގުރާމެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މއ. ދަގަނޑުކެޑިގެ، ސަން ނިމާލު (44އ) އާއި، ހ. ރީފްވިޔު ހުޅަނގުބައި 3، ޝިފާނާ އަބްދުއްސައްތާރު (38 އ) އެވެ.

މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.