އެމްޓީސީސީ

އެމްޓީސީސީގެ މަޝްރޫއުތައް 2028ގައި ނިންމާލެވޭނެ: ސައުދީ

އެމްޓީސީސީއާ މިވަގުތު ހަވާލުކޮށްފައިވާ ހުރިހާ މަޝްރޫއެއްވެސް އެންމެ ލަސްވެގެން 2028 ވަނަ އަހަރުގެ ފަހު ކުއާޓަރަށް ނިންމާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ވިދާޅުވެއްޖެ އެވެ.

އެމްޓީސީސީއާ މިވަގުތު 347 މަޝްރޫއު ނިންމުމަށް ހަވާލުކޮށްފައިވެ އެވެ.

ސައުދީ ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބައެއް މަޝްރޫއުތައް ކުރިއަށްދާ ދުވެލި ލަސްކަމުން ބައެއް މީހުންގެ ކަންބޮޑުވުން ހުރުމުން ސަރުކާރާ ގުޅިގެން އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާވެސް ވަރަށް ބޮޑަށް ބާރު އަޅުއްވާ،" ސައުދީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް 38 މަޝްރޫއެއްގެ މަސައްކަތް މުޅިން އަލަށް ފެށުމަށް ނިންމައި 11 ރަށެއްގެ މަސައްކަތް މިހާރުވެސް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

ތަޢުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ އިތުރުން އުމްރާނީ ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. މީގެ ތެރޭގައި ކުރިން ފަށާއި ވަކި ހިސާބަކުން ހުއްޓިފައިވާ ބައެއް މަސައްކަތްތައްވެސް ހިމެނެ އެވެ.