ދުނިޔެ

ފިންލެންޑްގައި ދެ ހެލިކޮޕްޓަރު ޖެހި ހިނގި އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރު

ފިންލެންޑްގައި މަދަނީ ބޭނުންތަކަށް އުދުހޭ ދެ ހެލިކޮޕްޓަރު މެދުއުޑުގައި އުދުހެނިކޮށް ޖެހި ހިނގި އެކްސިޑެންޓެއްގައި އެތައް ބަޔަކު މަރުވެއްޖެ އެވެ. މި ދެ ހެލިކޮޕްޓަރު ޖެހު ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ.

ތަހުގީގަށްޓަކައި މުޅި ސަރަހައްދު މިހާރު އޮތީ ބަންދުކޮށްފަ އެވެ. އެ ސަރަހައްދަށް އާންމުން އެއްވުމާއި، އެކްސިޑެންޓާ ގުޅުން ހުރި ވާކަތަކަތައް -- ފުލުހުން އާންމުކުރުމުގެ ކުރިން ނުދެއްކުމަށް ވަނީ އިންޒާރުދީފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އެކްސިޑެންޓްގައި މަރުވީ އާންމުންގެ ކިތައް މީހުންކަން ތަހުތީގީ ޓީމުތަކުން އަދި ފުލުހުންވެސް އާންމެއް ނުކުރެ އެވެ. އެއީ އާނުންމުންގެ ތެރޭގައި ކަންބޮޑުވުން އިތުރުވެދާނެތީ ކަމަށް ޚަބަރުތައް ބުނެ އެވެ.

ދެ ހެލިކޮޕްތަރު ޖެހުނުއިރު އެ ތަނުން އެއް ހެލިކޮޕްޓަރުގައި ތިން މީހަކު އަދި އަނެއް ހެލިކޮޕްޓަރުގައި ދެމީހަކު ތިބި ކަމަށް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ. ނަމަވެސް، ހެލިކޮޕްޓަރު ވެއްޓި ހިނގި ހާދިސާގައި އިތުރު ބަޔަކު މަރުވީ ކަމަށް ވަނީ ބެލެވިފަ އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މި ހިސާބަށް ފާއިތުވި ދުވަސްތަކުގައި ވައިގެ ގިނަ އެކްސިޑެންޓްތަކެއް ވަނީ ދުނިޔޭގެ އެކި ހިސާބުގައި ހިނގާފަ އެވެ.

ރަންވޭއިން ޖައްސާލައިގެން ބައެއް ބޯޓުފަހަރު ބޯކޮޅު ވަތަށް ވެއްޓިފައި ވާއިރު އަދި ރަންވޭ ސަރަހައްދުތަކުގައި އުދުހޭ ދޫނީގެ ނުރައްކާ ވެސް މަތިންދާބޯޓުފަހަރަށް ވަނީ ފޯރާފަ އެވެ.