ރަސްލީ އާއި ޓެޒް ސުޕާރީގެ ފޭކް ވައްތަރެއް ބަޔަކު ވިއްކަމުންދާތީ އެކަމަށް ސަމާލުވުމަށް މި ދެ ބާވަތުގެ ސުޕާރީ ރާއްޖޭގައި ވިއްކާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރު ދަ ސުޕާރީ ފިހާރައިން އެދިއްޖެ އެވެ.
ސުޕާރީ ފިހާރައިން ބުނީ އެ ފިހާރައިން ރާއްޖެ ގެނެސް ވިއްކާ ރަސްލީ އަދި ޓެޒް ސުޕާރީ ފުޅިއާ ވައްތަރުކޮށް ފޭކް ވައްތަރެއްގެ ސުޕާރީ ބަޔަކު ރާއްޖެ ގެނެސް ވިއްކަމުންދާ ކަމަށެވެ.
"އޮރިޖިނަލް އާއި ފޭކްގެ ރަހަ ތަފާތު. މި ދެ ބާވަތުގެ ސުޕާރީ ފުޅި އެންމެ ފަސޭހައިން ފާހަގަކުރެވޭނީ ފުޅީގެ މަތިގަނޑުން،" އޮރިޖިނަލް އަދި ފޭކް ސުޕާރީ ފުޅީގެ ތަފާތާއި ގުޅޭ ގޮތުން ސުޕާރީ ފިހާރައިގެ އޮފިޝަލަކު ވިދާޅުވި އެވެ.
މީގެ އިތުރުން އޮރިޖިނަލް ފުޅީގެ ލޭބަލްގައި ދަ ސުޕާރީ ފިހާރައިގެ ނަމާއި ފޯނު ނަންބަރު ލިޔެފައި ހުންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ރަސްލީ އާއި ޓެޒް ސުޕާރީގެ އޮރިޖިނަލް ލިބެން ހުންނާނީ މަރުކަޒީ ބޭންކް -- އެމްއެމްއޭގެ ފުރަގަހުން އޮންނަ އިބްރާހިމް ހަސަން ދީދީ މަގުގައި ހުންނަ ދަ ސުޕާރީ ފިހާރައިންނެވެ.

މި ދެ ބާވަތުގެ ސުޕާރީއާ ގުޅޭ އިތުރު މައުލޫމާތު ދަ ސުޕާރީ ފިހާރައިގެ ނަންބަރު 7507997 އަށް ގުޅުމުން ލިބޭނެ އެވެ.