މުލި

މުލީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަތް ފަށައިފި

މ. މުލީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މުލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މުލީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހޮސްޕިޓަލްގެ އާ އިމާރާތުގެ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެކެވެ.

މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ދީފައިވަނީ 780 ދުވަހެވެ. އެހެންވެ މި މަޝްރޫއު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައެވެ.

މި މަޝްރޫއު ނިމުމުން މުލީގެ އިތުރުން އެ އަތޮޅުގެ ގިނަ ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.