ކުޑަކުދިންނަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ޗުއްޓީ ޕްރޮގްރާމެއް ކްރޮސްރޯޑްސް މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
މި ޕްރޮގްރާމަކީ ކުޑަކުދިންގެ އުފާވެރިކަމާއި މަޖާ އިތުރުކޮށްދިނުމަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ހިމެނޭ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އަދި ސާއީ ލަގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން ގައި މި ޕްރޮގްރާމް ކުރިއަށްދާނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްއަކީ ގިނަ ރަށްތަކެއް އެކުލެވޭ، އެއްކޮށްލެވިފައިވާ މުނިފޫހިފިލުވުމުގެ މަންޒިލެކެވެ. މިތަނުގައި މަތީ ފެންވަރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތަކެއް ކުރިއަށްދާއިރު ފުރިހަމަ ޗުއްޓީއެއް ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ލިބެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނެޓް ތެރޭގައި ދެވޭހާ ދުރުމިނުގައި އޮންނަ މި ރިސޯޓުގައި، އާންމު "އެއްރަށް، އެއްރިސޯޓު"ގެ ތަޖުރިބާއިން ދުރަށްގޮސް، ފުރިހަމައަށް އެކުލެވިފައިވާ ދިރިއުޅުމުގެ ވައްޓަފާޅީގެ މަންޒިލަކަށް ވަނުމުގެ ފުރުސަތު ލިބެއެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި މަޖާކޮށްލާ ހިތްއުފާކޮށްލުމުގެ ފުރުސަތު އޮތީ ހަމައެކަނި ބޮޑެތި މީހުންނަކަށް ނޫނެވެ. މިހާރު އެ ފުރުސަތު ކުޑަކުދިންނަށްވެސް އެބައޮތެވެ. އެގޮތުން ކުރިއަށް އޮތް ޖޫން އެއްވަނަ ދުވަހު 4 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ "ކޭމްޕް ކޭޝަން" ފަށާނެ އެވެ.

މި ކޭމްޕްގައި ކުޅިވަރުތަކާއި ކުރެހުމާއި މިއުޒިކުގެ އިތުރުން ވެސް އެކިއެކި ހަރަކާތްތައް ހިމެނެ އެވެ. އޭރިއަލް އާޓްސް، ބްރެޒިލިއަން ޖިއު ޖިޓްސޫ އަދި ޕެއިންޓިން، ކެއްކުން، ގަސް ހެއްދުން ފަދަ ވޯކްޝޮޕްތައް ހިމެނެ އެވެ. މީގެ އިތުރުން ގިޓާ ކުޅެން ދަސްކޮށްދޭ ކްލާސްތަކާއި ޑާންސިން ޕާޓީތައް ވެސް ހިމެނެ އެވެ. އަދި އެކުދިންގެ ހުނަރުތައް ދައްކާލެވޭނެ ޓެލެންޓް ޝޯއެއްގެ އިތުރުން މޫދު ކުޅިވަރުތައްވެސް ހިމަނާފައިވެ އެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ހަށިގަނޑު ހަރަކާތްތެރިކޮށް އަދި ހުއްޓުމެއްނެތި މަޖާކޮށްލެވޭނެ ހަރަކާތްތަކެއް ތަޖުރިބާކޮށްލަން ފުރުސަތު ދިނުމެވެ. މި ޕްރޮގްރާމްގެ ސަބަބުން ކުޑަކުދިންނަށް އާ ތަޖުރިބާތަކާއި ހުނަރުތައް ދަސްކުރުމުގެ ފުރުސަތު ލިބި، އެކުދިންގެ ޗުއްޓީ އިތުރަށް މަނާކޮށްލެވޭނެ އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގެ މި ޕްރޮގްރާމަކީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕްރޮގްރާމަކަށްވުމާއެކު، މައިންބަފައިންނަށްވެސް އުފާވެރި ހަބަރެއް އެބައޮތެވެ. އެގޮތުން މައިންބަފައިންނަށްވެސް އަމިއްލަ ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބި، ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކުރެވޭނެ އެވެ. އެހެންކަމުން މި ޕްރޮގްރާމަކީ މުޅި އާއިލާއަށް ފައިދާކުރަނިވި ޕްރޮގްރާމެއް ކަމަށް ބަލަމާ ހިނގާށެވެ.