ކްރޮސް ރޯޑް މޯލްޑިވްސް

ހާޑް ރޮކް ހޮޓެލް މޯލްޑިވްސްއަށް އަނެއްކާވެއް ގްރީން ގްލޯބް ސެޓިފިކޭޝަން

ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން އަނެއްކާވެސް ގްރީން ގްލޯބް ސެޓިފިކޭޝަން ހާސިލްކޮށްފި އެވެ.

ސެޓިފައިޑް ކުރުމުގެ ކުރިން ރިސޯޓުގެ 380 އަށް ވުރެ ގިނަ ކަންކަމުގެ މިންގަނޑަށް އަމާޒުކޮށްފައިވެ އެވެ. ވަކި ވަކި އޮޑިޓަރުން ރިސޯޓަށް ޒިޔާރަތްކޮށް ބަލަންޖެހޭ ކަންތައްތައް ރިޕޯޓްކޮށް އެނަލައިޒްކޮށް އަދި ބަލުމަށްފަހު ވަނީ މި ސެޓިފިކޭޝަން ދީފަ އެވެ.

ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އިން ކާބަން ފުޓްޕްރިންޓް އުފެދުން ކުޑަކުރުމަށް ވަރަށް ގިނަ ކަންތައް ކުރެ އެވެ. ރޫމްތަކުގައި ތާޒާ ކޮންޓްރޯލް ސިސްޓަމް ލަފައިވެ އެވެ. މީގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު ބޮޑުތަނުން ދަށްކޮށްދެ އެވެ.

ރިސޯޓުގެ 99 ޕަސެންޓް ލައިޓިން އަކީ ކަރަންޓް ހަރަދު ކުޑަ ލެޑް ލައިޓްތަކެވެ. ފެންވަރު ރަނގަޅު ފެން ހޯދުމަށް ޖެނެރޭޓަރުން ހިންގާ ސިސްޓަމެއް ހުރެ އެވެ. މި ތަނުގެ ހުރިހާ ތަނެއްގައި ކަރަންޓް ހަރަދު ކުޑަ އަލާތްތައް ބަހައްޓާފައިވެ އެވެ.

މިރިސޯޓުގައި ކަނޑުގެ ފެން މީރު ފެނަށް ބަދަލުކުރާ ފުރިހަމަ ސިސްޓަމެއް ހުރެ އެވެ. މީގެ ސަބަބުން ރިސޯޓަށް ބޭރުން ފެން ގެނައުމަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. ރިސޯޓުގެ ހުރިހާ ފާހާނާ އަދި ފެންއިސްކޫރު ތަކަކީ ފެނުގެ ހަރަދު ކުޑަ އެއްޗެހި ތަކެކެވެ. ބޭނުންކުރާ ފެން އަލުން ސާފުކުރާ ނިޒާމެއްވެސް ހުރެ އެވެ.

މިތަނުގައި އިލެކްޓްރިކް ބަގީތައް ބޭނުންކުރެވެ އެވެ. ކަމާ ބެހޭ ގިނަ ކަންތައްތައް ރަށުގެ ތެރެއިން ހަމަޖެއްސޭތީ ބޭރުން ތަކެތި ގެނައުމަށް ކުރާ ހަރަދު ކުޑަ އެވެ. ހުރިހާ މުވައްޒަފުންނަށް މިފަދަ ކަންކަމާ ގުޅޭ ތަމްރީންވެސްދެ އެވެ.

މެރިން ޑިސްކަވަރީ ސެންޓަރުގައި ކަނޑުގެ މުރަކަ ދިރުވާ އާލާކުރުމުގެ މަޝްރޫއުތައް ހިންގަ އެވެ. ގައިޑެއްގެ އެހީގައި ސްނޯކެލިންއަށް ދެވެ އެވެ. ފަރުތަކުގައި އުޅެންވާ ގޮތުގެ ތަމްރީނުތައް ދެއެވެ. މިއީ މެހެމާނުން މަސައްކަތުގައި ބައިވެރިކުރުވާ ކަމެކެވެ. މެރީން އެކޯލޮޖީ ހިމާޔަތްކުރުމާ ބެހޭ އެއްބަސްވުމެއް އޮވެ އެވެ. މީގެ ސަބަބުން ޕްލާސްޓިކް ރީސައިކަލްކޮށް އަލުން ބޭނުންކުރެވެ އެވެ.

މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުގައި ރަށުގެ ތާރީހުގެ ވާހަކަތައް ފެންނަން ހުރެ އެވެ. ސަގާފީ އެކިއެކި ކަންކަން ތަޖުރިބާ ކޮށްލަން ޓޫރިސްޓުންނަށް ފުރުސަތު ލިބެ އެވެ. ކާބަފައިން ރިޔަލު އޮޑިފަހަރުގައި ދަތުރުކޮށް ވިޔަފާރި ކުރި ޒަމާނުގެ ވާހަކަތައް ކިޔައި ދެއެވެ.

ހާޑް ރޮކް ހޮޓެލްއަށް ލިބިގެން ގޮސްފައިވާ މި ސެޓްފިކެޓް އަކީ ނިމުމެއް އޮތް ކަމެއް ނޫނެވެ. އެކަން މި ފާހަގަކުރީ މި ސެޓްފިކެޓް ދަމަހައްޓަން ބޭނުންނަމަ ކެނޑިނޭޅި މަސައްކަތްވެސް ކުރަންޖެހެ އެވެ. ގެސްޓުންނަށް ހިދުމަތްދިނުމުގައި ވަރުބަލިކަމެއް ނެތި ދެމިތިބެން ޖެހެ އެވެ.