އުރީދޫ

އުރީދޫއަށް މި އަހަރުވެސް ސްމޯލް ޓެލްކޯ އޮފް ދަ އިޔާގެ އެވޯޑު ލިބިއްޖެ

ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025ގައި އުރީދޫ މޯލްޑިވްސްއަށް ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސްގެ ޝަރަފު ވިދި ވިދިގެން ދެވަނަ އަހަރު ލިބިއްޖެ އެވެ.

ޓްވިމްބްޓް ޓެލެކޮމް އެވޯޑްސްއަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ. އުރީދޫއަށް މި އެވޯޑް ލިބުނީ ބްރޫނާއީ އާއި ބޫޓާންގެ ޓެލެކޮމް ކުންފުނިތަކާ ވާދަކޮށްގެންނެވެ.

ވާދަވެރިކަން ބޮޑު މި ކެޓަގަރީގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސާވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތް ވަނީ ފާހަގަކޮށްފަ އެވެ.

އުރީދޫ އިން ބުނީ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން، އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސްއަށް އެ ކުންފުނިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް މި އެވޯޑު އަލިއަޅުވާލާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ފަހުރެއް ކަމަށާއި މި ކަމުން ދައްކުވައި ދެނީ ރާއްޖެ ޑިޖިޓަލީ ކުރިއަރުވަން ކުރާ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މި އަގު ވަޒަންކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތައް އިހުނަށްވުރެ ރަނގަޅުކޮށް މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ދޭތީ،" ޚާލިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި، ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ދެމި އޮންނާނެ ކަމަށެވެ.