ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ އިންޒާރެއް ޕުޓިންއަށް: އަލިފާނާ ކުޅެން ނޫޅޭ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ކުއްލި ގޮތަކަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއަށް ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.

މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޓްރަމްޕް ދެއްވި އިންޒާރެކެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ ނެތް ނަމަ ރަޝިއާއަށް ވަރަށް ނުބައި ކަންތައްތަކެއް ވެފައި ހުންނާނެކަން ޕުޓިންއަށް އެނގިވަޑައިގަންނަވަންޖެހޭ ކަމަށެވެ.

"އަހަރެން މިދަންނަވަނީ ވަރަށް ނުބައި ކަންތައްތަކެއްގެ ވާހަކައޭ. އޭނާ މިހާރު އުޅެނީ އަލިފާނާ ކުޅެން،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕްގެ ބަޔާނުން ދޭހަވަނީ އެމެރިކާ އިން ރަޝިއާއާ މެދު ކުރިން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރަޝިއާއަށް ލިބިދާނެ ގެއްލުންތަކެއް މިހާރު ހުއްޓުވިފައިވާ ކަމަށެވެ. އަދި ރަޝިއާ އިން މިހާރު ޔޫކްރެއިނާ މެދު އަމަލުކުރަމުންދާ ގޮތާމެދު ޓްރަމްޕް ހިތްހަމަނުޖެހޭ ކަމެވެ.

ޓްރަމްޕްގެ އިންޒާރު ބައިނަލްއަގްވާމީ މިޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓިފައިވާއިރު، ހާއްސަކޮށް އެމެރިކާގެ ރައީސަކު މިފަދަ ބަޔާނެއް ދެއްވުމަކީ ރަޝިއާ-އެމެރިކާގެ ގުޅުމަށް ވަރަށް ބޮޑު އަސަރުކުރާނެ ކަމެއް ކަމަށް މުހައްލިލުން ދެކެ އެވެ.

ރަޝިއާ އިން މިހާތަނަށް ޓްރަމްޕްގެ ބަޔާނާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ގުޅޭގޮތުން އެގައުމުންވެސް ރައްދު ދޭނެ ކަމަށް މުރާސިލުން ލަފާކުރެ އެވެ.