ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 55 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

އެ ގޮތަށް ފާސްކުރީ ބާސެލޯ ނަސަންދުރާގައި ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގަ އެވެ.

މިއީ ބީއެމްއެލްގެ ހިއްސާގެ ފައިދާގެ ގޮތުގައި އޭގެ ކުރީ އަހަރު ބެހި އަދަދަށްވުރެ ފަސް ރުފިޔާ އިތުރު އަދަދެކެވެ.

އެހެންކަމުން ހިއްސާއަކަށް 55 ރުފިޔާގެ މަގުން ޖުމްލަ 296 މިލިއަން ރުފިޔާ ބީއެމްއެލް އިން މި އަހަރު ބަހާނެ އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ ޖުމްލަ 269 މިލިއަން ރުފިޔާ އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ވަނީ 2.2 ބިލިއަން ރުފިޔާ ފައިދާވެފަ އެވެ.