އަހުމަދު މުނައްވަރު

500 މިލިއަން ޑޮލަރުގެ ސްކޫކު ދައްކަން އިތުރު ސްކޫކެއް ވިއްކަނީ

ރާއްޖެއިން އަންނަ އަހަރު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސްކޫކު ދެއްކުމަށް އިތުރު ސްކޫކެއް ވިއްކުމަށް ވިސްނާފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އަހަރީ އާންމު ޖަލްސާގެ ހަވާސާގައި ސީއެންއެން އިކޮނޮމިކްސްއަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވިދާޅުވީ ސުކޫކް ރީއިޝޫ ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އެ ގޮތުން އެ ސްކޫކަށް ފައިސާ ދައްކަންޖެހޭ މުއްދަތު އަންނައިރު ސްކޫކަށް ފައިސާ ދައްކަން އާ ސްކޫކެއް ވިއްކޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އެތެރޭގެ ބާޒާރުގައި އިސްލާމިކް ސްކޫކް ވިއްކޭނޭ ފްރޭމް ވޯކް މިހާރު އެބަހުރި،" މުނައްވަރު ވިދާޅުވި އެވެ.

ރާއްޖެއިން އަންނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ދައްކަންޖެހޭއިރު ސްކޫކަށް 500 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.