އދގެ 80 ވަނަ އާންމު މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ރާއްޖެ އިންތިހާބުވެއްޖެ އެވެ.
ރާއްޖެ އިން ނައިބް ރައީސްކަން ކުރާ ދައުރު ފަށާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ރާއްޖެއަށް ލިބުނު ކާމިޔާބާ ގުޅިގެން ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ބައިނަލްއަގްވާމީ ބައިވެރިންނާއެކު، މިފެށޭ ޖެނެރަލް އެސެމްބްލީ އަކީ ކާމިޔާބު އެސެމްބްލީއަކަށް ހެދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ރާއްޖެއަށް މިފަދަ ފުރުސަތެއް ލިބުމުން އެކަމަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓްގައި މިއަހަރަކީ ރާއްޖެ އދގެ މެންބަރު ގައުމެއްގެ ގޮތުގައި 60 އަހަރު ފާހަގަކުރާ އަހަރު ކަމަށް ވިދާޅުވެ ރާއްޖެއިން ދޭދޭގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މީގެކުރިން ރާއްޖޭގައި ކުރީގެ ފޮރިން މިނިސްޓަރު އަދި އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އދގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަންވެސް ކުރައްވާފަ އެވެ.