ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން ތަފާތު އޮފާތަކެއް އަގުހުރި އިނާމުތަކާއެކު ތައާރަފުކޮށްފި އެވެ.
މި އޮފާތައް ތައާރަފުކުރުމަށް ދިރާގުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް ހަސަން ޝާރިހް އާދަމް ވިދާޅުވީ އީދު ފަދަ މުނާސަބަތުތަކުގައި ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އީދު ފާހަގަކުރުމަށް ކަސްޓަމަރުންނާ ގުޅިގެން ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަކޮށްގެން ތަފާތު އަގުހުރި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މި އޮފާތަކުގެ އެހީގައި އާއިލާއާއި ރައްޓެހިކަމުގެ ގުޅުން އިތުރަށް ވަރުގަދަވެ އީދުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރުމަށް އިތުރަށް މަގުފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ޝާރިހް ވިދާޅުވި އެވެ.
ދިރާގުން ލޯންޗްކުރި ޕްރޮމޯޝަންތައް
- ރީލޯޑް އެންޑް ފްލައި: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ މަތިން ރިލޯޑްކޮށްގެން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗަރުއް ހޯދުމުގެ ފުރުސަތު.
- އީދު ސްޓްރީމިންގް އެޑްއޮން: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސްޓްރީމްކުރުމަށް އެންމެ 20 ރުފިޔާއަށް 25ޖީބީ.
- ހަދިޔާކޮށްގެން ހަދިޔާ ހޯދުމުގެ ފުރުސަތު: ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު.
- ފްރީ އަޕްގްރޭޑް ޕްރޮމޯ: ދިރާގު ފައިބަ ބްރޮޑްބޭންޑް ޕްކޭޖަކަށް އިތުރު އަގަކާ ނުލާ މުޅިން ހިލޭ އަޕްގްރޭޑް ކުރެވުން.
- ފައިބަ ބްރޮޑްބޭންޑް ގުޅައިދިނުން ހިލޭ: ދިރާގު ފައިބަ ބްރޮޑްބޭންޑް ހިދުމަތް ނަގާ ކަސްޓަމަރުންނަށް ސެޓަޕް އަދި ރައުޓާ މުޅިން ހިލޭ.
- 100 ޖީބީ ޑޭޓާ އެޑްއޮންއާ އެކު އިތުރު 25ޖީބީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ކޮންމެ އެޑްއޮންއަކާއެކު އިތުރު 25ޖީބީ މުޅިން ހިލޭ.
- ސަޅި ކުއާޓަލީ: ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ސަޅި ކުއާޓަލީ އެޑްއޮން އެކްޓިވޭޓްކޮށްގެން 180ޖީބީ އާއެކު އިތުރު 50ޖީބީ އަދި ދިރާގު ކޯލްތައް މުޅިން ހިލޭ.
- ހިލޭ 5ޖީ ރައުޓަރެއް: އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާއިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ.
- އީދަށް އަންލިމިޓެޑް މޫވީޒް: ދިރާގުއެޕްގެ އީޒޯން މެދުވެރިކޮށް ލަޔަންސްގޭޓްޕްލޭ އެކްޓިވޭޓްކުރާ ފަރާތްތަކަށް ފިލްމު ބަލާލުން މުޅިން ހިލޭ.
މި ހުރިހާ އޮފާތަކެއްވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓްކުރެވޭނެ އެވެ.
މީގެ އިތުރުންވެސް އީދުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ދިރާގުން ވަނީ ބައިވެރިވެފަ އެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.