ޖަޕާން ސަރުކާރުން މިއަހަރު ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ހަ ސްކޮލާޝިޕްގެ "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާން ސަފީރު އިޝިގާމީ ރުމީކޯ އެވެ.
މި ސްކޮލާޝިޕަކީ ޖަޕާން ސަރުކާރުގެ ޕްރޮޖެކްޓް ފޮ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)ގެ ދަށުން ހަމަޖައްސައިދޭ ސްކޮލާޝިޕްތަކެކެވެ.
ސްކޮލާޝިޕްތަކަށް ހޮވޭ ކުދިންނަށް ޖަޕާނުގެ އެންމެ މަތީ ފެންވަރުގެ ޔުނިވަސިޓީތަކުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ލިބޭނެ އެވެ.
މިއަދު ސޮއި ކުރި "އެކްސްޗޭންޖް އޮފް ނޯޓްސް"ގެ ދަށުން ހިލޭ އެހީގެ ގޮތުގައި ޖަޕާން ސަރުކާރުން 194 މިލިއަން ޖަޕާނީސް ޔެން ނުވަތަ 1.3 މިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ދޭނެ އެވެ.