މޯލްޑިވިއަން

މޯލްޑިވިއަން އިން ދެކުނު އިންޑިއާގައި ޖެނެރަލް ސޭލްސް އެޖެންޓުން ހޯދަނީ

ދެކުނު އިންޑިއާގައި ޖެނެރަލް ސޭލްސް އެޖެންޓް (ޖޭއެސްއޭ) ގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން ރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ވަނީ މި ހިދުމަތް ދެ އަހަރުގެ މުއްދަތަށް ދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

އެ ގޮތުން ޖޭއެސްއޭގެ ހިދުމަތް ދިނުމަށް އައިލެންޑް އޭވިއޭޝަންއާއެކު އެއްބަސްވުމަށްފަހު ޖޭއެސްއޭގެ ހިދުމަތްދޭ ކުންފުނިން ރާއްޖޭގެ ޓުއާ އޮޕަރޭޓަރެއް ތަމްސީލުކޮށްގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެ އެވެ.

މޯލްޑިވިއަން އިން ދެކުނު އިންޑިއާގައި ޖެނެރަލް ސޭލްސް އެޖެންޓުން ހޯދަން އިއުލާނުކުރިިއިރު އެ އެއާލައިނުން މިހާރުވެސް އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިންއަށް ދަތުރުކުރެ އެވެ. މީގެ އިތުރުން ޗައިނާގެ ބެއިޖިންގް، ޝަންހާއީ، ޗެންޑޫއަށްވެސް މޯލްޑިވިއަން އިން ދަނީ ދަތުރުތައް ކުރަމުންނެވެ.