ފެމީ ޕްލަސް

ފެމީ ޕްލަސްއިން ބޮޑު އީދާ ދިމާކޮށް ސޭލެއް

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ބްލޫ ރިޖް [ސްޓެލްކޯ އެޕާޓްމަންޓް ބިލްޑިންގް] ގެ ގްރައުންޑް ފްލޯގައި ހުންނަ ފެމީ ޕްލަސް ފިހާރަ އިން މިފަހަރުގެ ބޮޑު އީދާ ދިމާކޮށް ސޭލްއެއް ފަށައިފި އެވެ.

ފެމީ ޕްލަސްއަކީ އަންހެނުންނަށް ހާއްސަ ފިހާރައެކެވެ. ތުއްތު އަންހެން ކުދިންގެ ހެދުމުން ފެށިގެން ބޮޑެތި އަންހެނުންނާއި ދޮށި އުމުރުގެ އަންހެނުންނަށް އަމާޒުކޮށް ތަފާތު ވައްތަރުގެ ބުރުގާ އާއި މޭގަ ޖަހާ ދަތި ފަދަ ތަކެތި އެތަނުން ލިބެން ހުރެ އެވެ.

މިފަހަރު އީދުގައި ތުއްތު ދަރިފުޅަށް ބޭނުންވާ އީދު ހެދުމާއި ބޫޓާއި އިސްޓާކީން ފަދަ ތަކެތި ހޯދުމަށްވެސް ފެމީ ޕްލަސް ވަރެއް ނެތެވެ.

މީގެ އިތުރުން އަންހެނުންނަށް ބޭނުންވާ ތަފާތު ވައްތަރުގެ ހެދުންވެސް ފެމީ ޕްލަސް އިން ލިބެން ހުރެއެވެ.

އަންހެނުންނާއި ކުޑަކުދިންގެ ހެދުމުގެ އިތުރުން އަންހެންގެ ޒީނަތްތެރިކަމަށް ބޭނުންވާ މޭކަޕް ސާމާނާއި މޫނުގައި އަޅާ މާސްކާއި ތަފާތު ޑިޒައިންތަކުގެ އަތް ދަބަހާއި އަތުކުރި ގަޑިޔާއި ހިތްގައިމު ސެންޓްގެ އެކި ބާވަތްތައް ވެސް ފެމީ ޕްލަސްއިން ލިބެން ހުރެއެވެ.

މީގެ އިތުރުން ފެމީ ޕްލަސް އިން ވިޔަފާރި ކުރާ ފަރާތްތަކަށް ލިބޭ އެހެން ހިތްހަމަ ޖެހުމެއް އެބަ އޮވެއެވެ.

އެއީ އެތަނުން ވިޔަފާރިކުރާ ކަސްޓަމަރުން ބޭނުންވާ ވަރަށް ހެދުން ހެޔޮވަރު ކޮށްދިނުމާއި ހެދުމަށް ގެންނަން ބޭނުންވާ ބަދަލުތައް ޕެމީ ޕްލަސްގެ ތިރީގައި ހުންނަ އެ ފިހާރައިގެ ޓެއިލާ ސޮޕުން އިތުރު އަގަކާއި ނުލާ ރަނގަޅު ކޮށްދިނުމުގެ ހިދުމަތެވެ.

މިއަހަރުގެ ގެ ބޮޑު އީދުގައި ތަފާތު ސޮޕިންގް އެކްސްޕީރިއެންސްއެއް ކޮށްލުމަށް ފެމީ ޕްލަސްގެ ފިހާރަ އެއީ ހަމަ 1 ވަނަ އެވެ.