ހުޅުމާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ.
މި މާރާމާރީ ހިންގީ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
މާރާމާރީގައި އަނިޔާވެފައިވަނީ އިންޑިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.