ދިރާގު

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

މި އޮފާތަކާއެކު ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ.

މި އޮފާތައް ލިބޭ ޕެކޭޖްތައް

  • ސަޅި މަންތްލީ x2: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • ސަޅި މަންތްލީ x3: މި ޕެކޭޖުން ކަސްޓަމަރުންނަށް ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 450: މި ޕެކޭޖުން ކަސްޓަމަރުންނަށް 30ޖީބީ އަދި އިތުރު 7ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 500: މި ޕެކޭޖުން ކަސްޓަމަރުންނަށް 35ޖީބީ އަދި އިތުރު 8ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • މަންތްލީ 600: މި ޕެކޭޖުން ކަސްޓަމަރުންނަށް 50ޖީބީ އަދި އިތުރު 12ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ
  • 100ޖީބީ 30 ދުވަހަށް: މި އެޑް-އޮން އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް 100ޖީބީ އަދި އިތުރު 25ޖީބީ ބޯނަސް ޑޭޓާގެ ގޮތުގައި ލިބޭނެ

ދިރާގުން ބުނި ގޮތުގައި މި ހުރިހާ އޮފާތަކެއްވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި، އަޕްގްރޭޑްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އަޕްގްރޭޑްކޮށްލެވޭނެ ކަމަށްވެސް ދިރާގުން ބުނެފައިވެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.