މޯލްޑިވިއަން

މޯލްޑިވިއަންގެ ފަސްވަނަ އޭޓީއާރް ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ އާ އޭޓީއާރް މަތިންދާ ބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.

މިއަދު ހަވީރު ރާއްޖެ ގެނެސްފައިވަނީ 46 މީހުންގެ ޖާގައިގެ އޭޓީއާރް 600-42 މަރުކާގެ ބޯޓެކެވެ.

މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސި ވަގުތު އެ ތަނުގައި ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެމްއޭސީއެލް އަދި އެމްއެމްޕީއާރްސީގެ އިސްވެރިން ތިއްބެވި އެވެ.

މޯލްޑިވިއަނުގެ ފްލީޓުގައި މިހާރުވެސް ހަތަރު އޭޓީއާރް އޮވެ އެވެ. އެހެންކަމުން މިއީ އޭޓީއާރްގެ ފަސްވަނަ ބޯޓެވެ.

މޯލްޑިވިއަންގެ ފްލީޓްގައި ޑޭޝް8 މަރުކާގެ ފްލައިޓާއި ސީޕްލޭންގެ އިތުރުން އެއާބަސް ފްލައިޓެއް އޮވެ އެވެ.