ދުނިޔެ

އެލް ޗަޕޯގެ މަނީ ލޯންޑްރިންގެ އިސް މީހާ ހައްޔަރުކޮށްފި

މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަދި އެގައުމުގެ އެންމެ "ވޯންޓެޑް" މީހާ ކަމުގައިވާ އެލް ޗައްޕޯ އަށް މަނީ ލޯންޑްރިން ހަދައިދޭ އިސް މީހާ ހުއާން މެނުއަލް އަލްވަރޭޒް "ކިންގް މިދާސް" ހައްޔަރުކޮށްފި އެވެ. ކިންގް މިދާސް ހައްޔަރުކޮށްފައިވަނީ މެކްސިކޯގެ ދެކުނުގައި އޮންނަ އޮޒާކާ ސްޓޭޓްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.

އެލް ޗަޕޯ ވަނީ މިދިޔަ ޖެނުއަރީ މަހު މެކްސިކޯގެ އައްސޭރި ފަށުން ހައްޔަރުކޮށްފަ އެވެ. އޭނާ މިހާރު ހުރީ އެމެރިކާގެ ޖަލެއްގައި ބަންދުކޮށްފަ އެވެ. ކިންގް މިދާސް ވެސް އެމެރިކާގެ ކޯޓަކަށް ބަދަލުކުރުމަށް އެމެރިކާއިން މިހާރުވަނީ މެކްސިކޯގެ ކިބައިން އެދިފަ އެވެ. އެލް ޗައްޕޯ ޖެނުއަރީ މަހު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އޭނާ ވަނީ ޖަލުގެ ހައްޔަރުކޮށްފައި ހުއްޓާ ޓަނަލް އެއްގެ ތެރެއިން ނުކުމެ ފިލައިގެން އުޅެނިކޮށެވެ.

ކިންގް މިދާސް ހައްޔަރުކުރީ 300 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރާއި ދެމެދުގެ އަދަދެއްގެ ފައިސާ ސިނޯލާ ކާޓެލް ކުންފުންޏަށް ލޯންޑަރީ ކޮށްދިން ކަމުގެ ތުހުމަތުގަ އެވެ. ސިނޯލާ ކާޓެލް އަކީ ދުނިޔޭގެ އެންމެ ބޮޑު ޑްރަގް ޓްރެފިކިންގް އަދި މަނީ ލޯންޑްރިންގެ އަމަލުތައް ހިންގާ ކުންފުންޏެކެވެ.

މިމަހުގެ ކުރީކޮޅު އެލް ޗަޕޯ ވަނީ ޖަލުގައި އޭނާއާ ދެތޭރޭ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށްބުނެ ޝަކުވާ ހުށަހަޅާފަ އެވެ.